އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ބޭސްފަރުވާ އާ ގުޅޭ އެންމެހާ ހިދުމަތްތަކެއް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދެމެހެއްޓެނެވި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
މިއަދު ބޭސް ކުންފުނިން ނެރުނު ބަޔާނުގައި ވަނީ، ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް 24 ގަޑިއިރު ބޭހުގެ ހިދުމަތް ހޯދުމަށް އެދި ގުޅޭނެ ހާއްސަ ހޮޓްލައިން "1505" ތައާރަފުކޮށްފައިވާ ކަމަށެވެ.
ޒަރޫރީ ބޭސްތައް ހޯދުމުގައި އެއްވެސް ދަތިކަމެއް ދިމާވާނަމަ، އެ ހޮޓްލައިން މެދުވެރިކޮށް ބޭހަށް އޯޑަރުކުރުމާއި ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން، އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވަދެވޭ ގޮތަށް އެ ކުންފުނިން ވަނީ ޕޯޓަލެއް ގާއިމުކޮށްފަ އެވެ. އެ ޕޯޓަލް ފަރުމާކޮށްފައިވަނީ، އެންސްޕާގެ ނިޒާމާ ގުޅުވާލައިގެން ކަމަށްވާއިރު، މިހާރު ވެސް ހިނގާ ނިޒާމުގެ ތެރެއިންނާއި ޕޯޓަލް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަށް އަވަހަށް ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފަސޭހައިން ބޭސް ހޯދައިދިނުމަށް ޕޯޓަލަކާއި ހޮޓްލައިނެއް ތައާރަފްކުރިއިރު، އެކި ބަލިތަކަށް ބޭނުންވާ މުހިއްމު ބޭސް ނުލިބޭ މައްސަލަ މި ފަހުން ވަނީ ބޮޑުވެފަ އެވެ. މި ކުންފުންޏަކީ ވެސް އެ މައްސަލައަށް ހައްލެއްގެ ގޮތުގައި އުފެއްދި ތަނެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;