ads
ބ. ދަަރަވަންދޫ އެއަާޕޯޓް ޓާމިނަލް ތަަރައްގީ ކުރުމުގެ މަޝްރޫއު ފަށުން
ދަަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި
ބ. ދަަރަވަންދޫ އެއާޕޯޓް ޓާމިނަލް ތަަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި އެވެ.
Advertisement

މިކަމަށްޓަކައި މިއަދު ދަރަވަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.

މި ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މެމްބަރު މުޙައްމަދު ސިރުހާންއާއި، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްއާއި، ޑީއެމްޑީ އަލީ ސަލީމުގެ އިތުރުން އެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލްއާއެކު އެއާޕޯޓުގެ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ސެލްފް ސާވިސް ކިއޮސްކްތަކާއި، ތިން ގޭޓު ހިމެނޭނެ އެވެ.

your imageދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ދައްކުވައިދޭ ފަދަ ޒަމާނީ ފަރުމާއަކަށް


މީގެ އިތުރުން، އެއްފަހަރާ 175 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ މި ޓާމިނަލުގައި، 75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި، ކުޑަކުދިން ބެލެހެއްޓުމަށް ހާއްސަ "ބޭބީ ކެއާ: ފެސިލިޓީއެއް ވެސް ހިމެނެ އެވެ. އަދި ތިން ގޭޓާ އެކު އެއް ފަހަރާ ތިން މަތީންދާބޯޓަށް ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

މިހާރު ވެސް އެ އެއާޕޯޓްގައި 99 މުވައްޒިފުން މަސައްކަތް ކުރެ އެވެ. އަލަށް ގެނެވޭ ބަދަލާއެކު އިތުރު ވަޒީފާތައް ވެސް އުފެދޭނެ އެވެ.

ދަރަވަންދޫ އެއާޕޯޓަކީ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު އަދި ފައިދާގައި ހިންގޭ އެއާޕޯޓެވެ. އެ އެއާޕޯޓަށް ދުވާލަކު އަށް ފްލައިޓް ޖައްސަ އެވެ. މޯލްޑިވިއަން އިން އެކަނިވެސް ދުވާލަކު ހަތަރު ފްލައިޓް އޮޕަރޭޓް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;