ads
ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ހަދަން ސަރުކާރުން ނިންމައިފި
ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނބެ ރަށެއް ހަދަން ނިންމާފައިވާކަން ސަރުކާރުން އިއުލާންކޮށްފި އެވެ.
Advertisement

މިކަން ސަރުކާރުން އިއުލާންކުރީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށައަޅުއްވާ ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ.

2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީ މި ހިނގާ އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ 4.5 ބިލިއަން  ރުފިޔާ މަދު އަދަދެކެވެ.

ބަޖެޓް މަޖިލިހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ދިވެހިންގެ މެދުގައި ދުޅަހެޔޮ ބަދަހި މުޖުތަމައެއް ބިނާވެފައި އޮތުމަކީ މި ސަރުކާރުން އަބަދުވެސް އަހައްމިއްޔަތުކަން ދޭ ކަމެއްކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ އަތޮލެއްގައި ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ހެދުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ. 

" އާއިލާތަކައި ރައްޓެހިންނަށް އެކުގައި ވަގުތު ހޭދަކޮށް ހިތްހަމަ ޖައްސާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީކުރުމަށް ބަޖެޓްގައި ވާނީ ހިމަނާފައި." ބަޖެޓް ބަޔާން އިއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންނަމަވެސް އެކަމަށް ބަޖެޓްގައި ހިމަނާފައިވަނީ ކިހާވަރެއްކެމެއް ބަޖެޓް ބަޔާނުގައި މިނިސްޓަރު ވިދާޅެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް