އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ ބިހާއި، ފިޔާ، އަލުވި، މުގު، ހަނޑޫ، ހަކުރު، ފުށް އަދި ހިލަ އާއި ހިލަވެލި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މިއީ 1981 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރި ފަހުން، އެއްފަހަރާ މުދާ އެތެރެކުރަން ހުއްދަ ދިން އެންމެ ބޮޑު އަދަދު ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކުރެ އެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި މުއްދަތު އިތުރުކޮށްދީފައިވަނީ އެ ގައުމުގެ "ނެއިބަހުޑް ފަސްޓް ޕޮލިސީ" ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެހެން ގައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.
މިދިޔަ ސަރުކާރުން 2021 ވަނަ އަހަރު މި ބާވަތްތަކަށް އެދި ހުށަހެޅުމުން އިންޑިއާއިން ހުއްދަ ދީފައި އޮތީ ތިން އަހަރުގެ މުއްދަތަށެވެ. އެ ހުއްދަ 2024 ގެ މާޗް މަހަށް ހަމަވުމުން، އެ ފަހަރު ހުއްދަ އިތުރުކޮށްދިނީ އެއް އަހަރަށެވެ.
އިންޑިއާއިން ބައެއް ބާވަތްތައް އެކްސްޕޯޓްކުރުން މަނާކުރާ ހާލަތުގައި ވެސް، މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ހާއްސަ އަގުތަކުގައި މި ބާވަތްތައް އަބަދުވެސް ލިބެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;