ads
ސަމާހް
ސަމާހްގެ މައްޗަށް ހުކުމް އިއްވުން މިއަދު، މަރުގެ ހުކުމެއް އިއްވަފާނެ
ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަ ދެވަނަ ފަހަރަށްވެސް، ކުށް ސާބިތުވެފައިވާ، މުހައްމަދު ސަމާހުގެ މައްޗަށް ހުކުމް އިއްވުން މިއަދަށް ތާވަލުކޮށްފިއެވެ.
Advertisement

ކ. ކާށިދޫގައި މީގެ 14 އަހަރު ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި، ކ. ކާށިދޫ ކެތި، ސާޖަންޓް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، ގައި ދައުލަތުން ދައުވާކުރީ، ކާށިދޫ ސުވާސާގެ މުހައްމަދު ސަމާހުގެ މައްޗަށެވެ. މި މައްސަލަ އަލުން ބަލަން އެންގީ ސުޕްރީމް ކޯޓުންނެވެ.  

ސުޕްރީމް ކޯޓުގެ ހުކުމާއެކު، އަލުން މައްސަލަ ބަލައި ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މި ހަފްތާގައި ކަނޑައަޅާފައިވެއެވެ. ސަމާހު ހުރީ ބަންދު ކޮށްފައެވެ. އޭނާގެ މައްޗަށް ހުކުމް އިއްވުން އޮތީ މިއަދު 11 ޖަހާއިރުއެވެ. 

ސަމާހުގެ މައްޗަށް ކުރިން އިއްވީ މަރުގެ ހުކުމެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;