ads
ނޯތު ހާބަރު ސަރަހައްދު
ބޯޓެއް ތެރޭގައި 5 ފިރިހެނުން ހަބަރު ހުސްވެފައި އޮއްވައި ފެނިއްޖެ
މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއް ތެރޭގައި ފަސް މީހަކު ހާލު ދެރަވެ، ހަބަރު ހުސްވެފައި އޮއްވައި ފެނިގެން ފަރުވާދޭން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 06:35 ހާއިރުކަމަށެވެ.

ހަބަރު ހުސްވެފައި ވަނިކޮށް ފެނިފައި ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެންމެންނަކީ ފިރިހެނުން ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެންމެން މިހާރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ފަރުވާ ދެމުންދާކަމަށެވެ. 

އެނގިފައިވާ ގޮތުގައި ހޭނެތިފައިވާ ފަޅުވެރިންތަކެއް ފެނުނީ "ޑީއެމްއެމްއޭ އެކްސްޕްރެސް 5" އެވެ. މި ބޯޓަކީ ހއ. ފިއްލަދު އާއި އެ އަތޮޅު ކެލާ، ވަށަފަރު، ދިއްދޫ އަދި އުތީމާއި މާލެއާ ދެމެދު މުދާ ހިފައިގެން ދަތުރުކުރާ ބޯޓެކެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;