ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ހަނީސީޒަން ، މުހައްމަދު މާހިރު (36އ) އާއި ސ. ހުޅުދޫ / ސޯސަން، އަލީ އީޝާދު (32އ) އާއި މާލެ / ގ. ކަނދުމާގެއާގެ، އާހިލް އަލީ (23އ) އާއި ގދ. ތިނަދޫ / ފައިވްރޯސް، ރިކްޒު އާދަމް (23އ) އާއި ޅ. ހިންނަވަރު / ދުންތަރި، މުހައްމަދު ސުހާން އަހްމަދު (39އ) އާއި ލ. ގަން / މުކުރިމަގު. މަތަރެސްމާގެ، އަބްދުލްމާޖިދު އިބްރާހީމް (38އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިމަހުގެ 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިކަމަށެވެ. އެ މީހުން ހައްޔަރުކޮށް، ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އީޝާދުއާއި، މުހައްމަދު މާހިރުއާއި، އަބްދުލްމާޖިދު އިބްރާހީމްއާއި މުޙައްމަދު ސުހާން އަހްމަދު 15 ދުވަހަށް އަދި އާހިލް އަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;