ads
ތިން އިންތިހާބަށް ވޯޓުލުން ބަންދުކޮށްފި
ތިން އިންތިހާބަށް ހެދި ވޯޓު ކިޔޫ ބަންދުކޮށްފި
މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގައި ވޯޓް ލުމުގެ ހައްގު ވަގުތު ހަމަވުމުން ބަންދުކޮށްފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށްދާ ތިން އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންދިޔަ އެވެ.

މިއަދު ތިން ވޯޓެއް ކުރިއަށް ދިޔަ އެވެ. އެއީ:

  • ކައުންސިލުތަކުގެ އިންތިހާބު 

  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު 

  • ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ހިޔާލު ހޯދުމުގެ ވޯޓުލާން ފެށީ މިއަދުގެ ހެނދުނު 8:00 ގަ އެވެ.

ކުރިން އީސީން ނިންމާފައި އޮތީ ހަވީރު 4:00 ގައި ވޯޓުލުން ނިންމާލުމަށެވެ. އިތުރު ވަގުތު ނުދޭނެ ކަމަށް އޭރު އީސީން ބުންޏެވެ.

އެކަމަކު އީސީން ފަހުން ވަނީ ހޫނުގަދަވެ، ކިއު ދިގުވެ ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ވޯޓުލުމުގެ ވަގުތު ހަވީރު ފަހެއް ޖެހުމާ ހަމައަށް އިތުުރު ކޮށްފައިވެ އެވެ. 

ނަމަވެސް މިހާރު ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ކިއުތައް ބަންދުކޮށްފަ އެވެ. ނަމަވެސް 17:00 އާ ހަމައަށް ކިޔޫގައި ތިބި މީހުންނަށް ވޯޓް ލެވޭނެ އެވެ. އެއަށްފަހު ވޯޓް ފޮށި ބަންދު ކުރާނެ އެވެ. 17:00 އާ ހަަމައަށް ކިޔޫގައި މީހަކު ނެތް ފޮށިތައް އެ ވަގުތުން ފެށިގެން ބަންދު ކުރާނެ ކަމަށް އީސީން ބުނެއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަދު 16:00އާ ހަމައަށް 185،709 މީހުން ވޯޓުލައިފައިވެ އެވެ. އެއީ ވޯޓުލެވޭ 63 އިންސައްތަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;