އީސީން ބުނީ ހަވީރު 5:00އާަ ހަމައަށް ނިމިފައިވާއިރު، މިހާތަނަށް ބަންދުކުރެވިފައިވަނީ ޖުމްލަ 588 ފޮށީގެ ތެރެއިން 512 ފޮށިކަމަށެވެ.
ވޯޓްލުން ނިންްމާ ގަޑިއަކީ 4 ޖަހާއިރުކަމަށް ކަނޑައަޅާފައި އޮތްނަމަވެސް ގިނަ އަދަދެއްގެ ބަޔަކު ވޯޓު ކިއުތަކުގައި ތިބުމުން އީސީން ވަނީ ވޯޓުލާ ވަގުތު އެއް ގަޑިއިރަށް އިތުރުކޮށްދީފައެވެ. އެގޮތުން ވޯޓްލުން ނިންމާ ގަޑިއަކީ 5 ޖަހާއިރުކަމަށް އީސީން ކަނޑައެޅިއެވެ.
އެންމެ ގިނަ އަދަދެއްގެ ވޯޓް ފޮށި މާލޭފައި ބަހައްޓާފައި ހުރި ހެންވޭރު ބޯޅަ ދަނޑުގައި އަދިވެސް ދިގު ކިއުތައް އެބައޮތެވެ. ގިނަ މީހުން ވޯޓްލާން ނުކުމެފައިވަނީ މެންދުރުފަހުގެ ވަގުތުގައެވެ.
ބައެއް މަރުކަޒުތަކުގައި މިހާރުވަނީ ވޯޓް ގުނަން ފަށާފައެވެ. އަދި ބައެއް މަރުކަޒުތަކުގައި މިހާރުވަނީ ނަތީޖާ އިއުލާންކުރަން ފަށާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;