މީގެ ތެރޭގައި ހިމެނެނީ 92567 އަންހެނުންނާއި 93142 ފިރިހެނުންނެވެ. ހަވީރު 16:00 އާ ހަމައަށް ވޯޓުލާފައިވަނީ 62 ޕަސެންޓް މީހުންނެވެ.
ވޯޓުލާ ވަގުތު 5 ޖަހަންދެކަށް އީސީން ވަނީ އިތުރުކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ ހޫނު ގަދަވެ، ކިއޫތައް ދިގުވެ،ގިނަ ބަޔަކަށް ވޯޓު ލުމަށް ދަތިވެފައިވާތީ ހަވީރު 5 ޖެހުމާ ހަމަ އަށް އެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.
މި އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަފްސީލަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 1,592 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;