އިންްތިހާބުން ބަލި ވުމާއި ގުޅިގެން ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްސަދުތަކުގެ ތެރޭގައި އިންތިހާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިހާބުތައް ކާމިޔާބުކުރުން ހިމެނޭކަމަށެވެ. އިންތިހާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭކަމަށާއި އިންތިހާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުސަތެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިއްްޔެ ބޭއްވި އިންތިހާބުން ނުކުތް ނަތީޖާއިން ދައްކާދެނީ ދާންވީ މަގު ދައްކައިދިން އިންތިހާބެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ މި އިންތިހާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް މުއިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއްކަމަށެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައިކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް ގިނަ ބަޔަކު ވަނީ ސަރުކާރުން އެދުނު ގޮތަށް ނޫނެކޭ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;