މިފްކޯގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޝިފްޒާ މުސްތަފާ "ސީއެންއެމް"އަށް މިރޭ ވިދާޅުވީ މި ފިޔަވަޅުތައް އަޅަން ނިންމީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުންނެވެ. އަދި މި ފިޔަވަޅުތައް އެޅީ މުވައްޒަފުންނަށް ދަތިނުވާނެ ފަދަ ގޮތަކަށް ވިސްނުމަށްފަހުގަ އެވެ.
މިފްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
މެދުއިރުމަތީގެ ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު، މި ސަރަހައްދުގެ އެކި ގައުމުތަކުން އަންނަނީ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށި ފަހުން އީރާނުން އަންނަނީ މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް ހަމަލާ ދެމުންނެވެ. އީރާނުން ބުނަނީ ހަމަލާތައް އަމާޒުކުރަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ކަމަށެވެ.
މި ހަމަލާތަކާ އެކު ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރުން މައްޗަށް އަރައިގެން ގޮސް އަދިވެސް ދަނީ ހުއްޓުމެއް ނެތި އިތުރުވަމުންނެވެ. ސާފު ނުކުރާ ތެލުގެ 20 ޕަސެންޓް އަދި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 ޕަސެންޓް ބޭރުކުރާ ހޮރްމޫޒް ކަނޑޯޅި އީރާނުން ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފައިވުމާ އެކު މުޅި ދުނިޔެއަށް ވަނީ ތެލާއި ގޭހުގެ ސަޕްލައި ތާށިވާން ފަށައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;