އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ބުނީ ހަނިމާދޫ އެވްސެކް ޓްރެއިނީގެ މަގާމަށް 10 މުވައްޒަފުން ބޭނުންވާކަމަށެވެ. އަދި ކޫއްޑޫ އެވްސެކް ޓްރެއިނީގެ މަގާމަށް 3 އަންހެން މުވައްޒަފުން ބޭނުންވާކަމަށެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ބުނެއެވެ.
މި ވަޒީފާތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އިސްކޮޅުގައި ފަސް ފޫޓް ހުންނަން ޖެހެއެވެ.
މަގާމުގެ ޝަރުތުތައް
މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 7،670 ރުފިޔާ ލިބޭނެއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،300 ރުފިޔާ ލިބޭނެއެވެ. އޭގެއިތުރުން ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ހާޒިރީ ފައިސާގެ ގޮތުގައި 160 ރުފިޔާ އާއި ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެވެސް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ބުނެއެވެ.
އެ މަގާމުތަކަށް މުވައްޒަފުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޓެސްޓު ބާއްވަން ނިންމާފައި ވަނީ މި މަހު 19 އާއި 30އާ ދެމެދުގައިކަމަށް އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;