ads
ދިވެހި ހައްޖުވެރިންގެ ބަޔަކު މައްކާގެ ހަރަމުގައި
ދިވެހި ހައްޖުވެރިން އަންްނަ މަހުގެ 15ގައި ފުރަން ފަށާނެ
މިއަހަރުި ރާއްޖެއިން ހައްޖަށްދާ ދިވެހި ހައްޖުވެރިން އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖެއިން ފުރަން ފަށާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
Advertisement

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ 26 ވަނަ ދުވަހުއެވެ. މިފަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް 1000 މީހުން ކޯޓާއެއް ވަނީ ލިބިފައެވެ. 

މި އަހަރު ހައްޖުވެރިން މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަސް ބަހާލައިގެންނެވެ. ހައްޖުވެރިން ޖިއްދާއަށް ދަތުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އާއި ސައުދީ އެއާގައެވެ.  

ދިވެހި ހައްޖުވެރިން ފުރަން ހަމަޖެހިފައިވާ ދުވަސްތައް

  • ފުރުން 15 މެއި - އެނބުރި ރާއްޖެ އައުން ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ފުރުން 17 މެއި - އެނބުރި ރާއްޖެ އައުން ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 
  • ފުރުން 18 މެއި - އެނބުރި ރާއްޖެ އައުން ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ފުރުން 19 މެއި - އެނބުރި ރާއްޖެ އައުން ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 

މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ. ކުރިން ހައްޖުވެރިން މައްކާގައި މަހެއްހާ ދުވަސް ހައްޖުގެ އަޅުކަމުގެ ދުވަސްވަރު ހޭދަކުރެއެވެ. މިދިޔަ އަހަރުން ފެށިގެން އެ އަދަދު މަދުކޮށް އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;