ފުލުހުން މިއަދު ބުނީ އެ މީހާ ގެއްލިގެން، ހެނދުނު 06:30 އެހައިކަންހާއިރު ރިޕޯޓް ކުރުމާ ގުޅިގެން، ވިލިމާލެ ޕޮލިހާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައި ވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށެވެ.
އަދި އެ މީހާ ނަގައިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ނޭޕާލަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;