ގަޕޯ "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ 55 މެމްބަރުންގެ ސޮޔާއި އެކު އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެ ޕާޓީގެ ގައުމީ މަޖިލީހަށް ލާފައިވާއިރު އޭނާ ވަނީ އެކަން އަވަސް ކޮށްދިނުމަށްވެސް އެދިފައި ކަމުގަ އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެ ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން އެ މައްސަލަ އާއި ގުޅިގެން ކަމުގަ އެވެ.
ގަޕޯ ފާހަގަ ކުރެއްވި ގޮތުގައި އޭގެ އިރުކޮޅެއް ފަހުން ފެނިގެން ދިޔައީ ޖަލްސާ ބޮއިކޮޓު ކުރި ވާހަކަ ކަމުގައި އެވެ.
ގަޕޯ ވަކިކުރުމަށް ހުށައަޅާފައި މިވަނީ މދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެ ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން އެ މައްސަލަ ހޫނުވެފައިވަނިކޮށެވެ. އަދި އޭގެ ފަހުން އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވަނިކޮށެވެ.
އިބްރޭ އާއި މައުރޫފް މަގާމުން ވަކި ކުރިކަން އަންގާ ފޮނުވި ސިޓީގައި ގަޕޯ ސޮއިކުރެއްވި ސިޓީއެއް އެ ބޭފުޅުން ވަކިކުރި ސަބަބެއް ސިޓީގައި ނެތެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އަދި ގައުމީ މަޖިލިސް ބާއްވާ ޗެއާޕާސަން ވަކިކުރަން ސިމްޕަލް މެޖޯރިޓީި ލިބިއްޖެނަމަ އެކަންވެސް ކުރެވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމުން ވަކި ކުރެވޭނީ ގައުމީ މަޖިލީހުން ހާޒިރުވެ، ވޯޓް ދޭ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ މަޖިލީހުގައި 123 މެންބަރުން ތިބޭއިރު ކޯރަމް އަކީ 31 އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;