ads
ޓީނާ ތަދާނީ
ޓީނާ ތަދާނީގެ ރީތިކަމާއި ދުޅަހެޔޮކަމުގެ ސިއްރު ހާމަކޮށްފި
އިންޑިއާގެ މަގުބޫލު މޮޑެލް އަދި އެކްޓަރު ޓީނާ ތަދާނީ، އޭނާގެ ދުޅަހެޔޮ ސިއްހަތާއި ރީތި ހަމުގެ ސިއްރުތައް އާންމުންނާ ހިއްސާކޮށްފިއެވެ.
Advertisement

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ވާހަކަދައްކަމުން ޓީނާ ބުނީ، އޭނާގެ ދުވަސް ފަށަނީ ކުކުމް ފެނުން ކަމަށާއި، މިއީ ހަށިގަނޑުގައި ހުންނަ ސިއްހަތަށް ނުރައްކާތެރި މާއްދާތައް ބޭރުކޮށް ހަމަށް އުޖާލާކަން ގެނުވައިދޭ ކަމެއް ކަމަށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ހޫނު ފެނާއެކު އޮލިވް އޮއިލް ބޭނުންކުރުމަކީ އޭނާ ކުރާ ކަމެކެވެ.

ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ޓީނާ ގެންގުޅޭ އެންމެ ބޮޑު ސިއްރަކީ ގަވާއިދުން ކަންކަން ކުރުމެވެ. އޭނާ ބުނި ގޮތުގައި ހަފުތާއަކު ފަސް ދުވަހު ކަސްރަތު ކުރުމުގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބަނގުރާ ބުއިމާ އޭނާ ދުރެވެ.

"ކެއިންބުއިމަކީ ސިއްހަތުގެ 80 ޕަސަންޓު. ރަނގަޅު ކާނާ ކެއުމަށްފަހު ކޮންމެ ދުވަހަކު 30 ނުވަތަ 45 މިނެޓު ކަސްރަތު ކުރުމަކީ އެންމެ ރަނގަޅު ގޮތް،" ޓީނާ ބުންޏެވެ. އަދި ކޮންމެ ރޭގަނޑަކު އަށް ގަޑިއިރު ނިދުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފިޓްނަސް ތަރިންނާ ބެހޭގޮތުން ވާހަކަދައްކަމުން ޓީނާ ވަނީ ރިތިކް ރޯޝަންގެ އަދަބުވެރިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ރިތިކް ގެންގުޅޭ ސާފު ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން އޭނާގެ ހަށިގަނޑު އަބަދުވެސް ވަރަށް ފުރިހަމަކޮށް ފެންނަ ކަމަށް ޓީނާ ބުންޏެވެ. އަދި ބަތަލާއިންގެ ތެރެއިން ދީޝާ ޕަޓާނީގެ ހަށިގަނޑު ހުންނަ ގޮތް ވަރަށް ކަމުދާ ކަމަށް ވެސް އޭނާ ބުންޏެވެ.

your imageޓީނާ ތަދާނީ

ހަމުގެ ރީތިކަން ދެމެހެއްޓުމަށް ޓީނާ ގެންގުޅޭ އެންމެ މުހިންމު އުސޫލަކީ ކޮންމެ ރެއަކު ނިދުމުގެ ކުރިން މޭކަޕް ފޮހެލުމެވެ. މޭކަޕް ނުފޮހެ ނިދުމަކީ ހަމަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެއް ކަމަށް އޭނާ އިންޒާރު ދިނެވެ. ޓީނާ ގަބޫލުކުރާ ގޮތުގައި ދުޅަހެޔޮކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ރީތިކަމެއް ނޫނެވެ. އެއީ ނަފްސާނީ ހަމަޖެހުމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;