ads
ފަޅު ރަށަކުން ދަތްދޮޅީ ކަށިގަނޑެއް ފެނިއްޖެ
ފަޅު ރަށަކުން ދަތްދޮޅީ ކަށިގަނޑެއް ފެނިއްޖެ
ތ. އަތޮޅުން މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން މީހަކު ގެއްލިފައި ވަނިކޮށް، އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަނޑުފުށީގެ ގޮނޑުދޮށަށް ލައްގާފައި އޮތް ދަތްޕިލައެއްގެ ކަށިގަނޑެއް ފެނިއްޖެ އެވެ.
Advertisement

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތ. އަތޮޅާއި ލ. އަތޮޅަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މޫދަށް ފުންމާލި ޒުވާނަކު ވަނީ ގެއްލިފަ އެވެ.
ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުން ދިޔަ އެ ޒުވާނާ ހޯދުމަށް އެމްއެންޑީއެފުން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައި ފާސްކުރި ނަމަވެސް، މިހާތަނަށް އޭނާ ފެނިފައެއް ނުވެ އެވެ.

ކަނޑުފުށީ ގޮނޑުދޮށުގެ ރާޅު ޖަހާ ހިސާބުން މި ދަތްޕިލަ ފެނުނީ އެ ރަށަށް ދަތުރު ގޮސް އުޅުނު އެ އަތޮޅު ވޭމަންޑޫގެ ޒުވާނަކަށެވެ.
އެއާއެކު އޭނާ ވަނީ މިކަން ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އަދި ފުލުހުން އެ ރަށަށް ގޮސް މިހާރު ވަނީ އެ ކަށިގަނޑު ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ކަނޑުފުށިން ކަށިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ބެލިބެލުމުން އެއީ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ކަށިގަނޑެއްކަން އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އަދި ފަޅުރަށުން ފެނުނު ދަތްޕިލައާ، ގެއްލިފައިވާ ޒުވާނާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް އަދި ސާފެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް