ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ހުވާކުރުން އޮންނާނީ އަންނަމަހުގެ 17 ވަނަ ދުވަހުކަމަށެވެ. އަދި ހުރިހާ ކައުންސިލަރުންނާއި މެމްބަރުން ހުވާކުރުން މުޅި ރާއްޖޭގައި އެކަން ކުރިއަށް ދާނީ އެއް ވަގުތެއްގައި ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.
އާ ކައުންސިލަރުން ހުވާކުރަން ހަމަޖައްސާފައިވާ ތާރީހަކީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހެވެ.
ލޯކަލް ކައުންސިލް އިންތިހާބުން މާލޭ ސިޓީ ހިމެނޭހެން ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީއާއި އަންހެނުން ތަރައްްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސްއާ އެ ކޮމެޓީގެ މެޖޯރިޓީތައް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.
އަދި ގިނަ ކައުންސިލްތަކުގެ ރައީސްކަމުގެ މަގާމުވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީއާ އަމިއްލަ ކެންޑިޑޭޓުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;