މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އައިސްކްރީމް ބްރޭންޑްތައް ކަމަށްވާ ބާސްކިން ރޮބިންސް އާއި ކޯލްޑް ސްޓޯން އިން ވެސް ވަނީ ދުބާއީ ޗޮކްލެޓްގެ ރަހަ ހިމެނޭ އާ އުފެއްދުންތަކެއް ބާޒާރަށް ނެރެފައެވެ. މީގެ ތެރޭގައި ދުބާއީ ޗޮކްލެޓް އައިސްކްރީމް ކޭކާއި، ފިސްތާ ކްރީމާއި ކުނާފާ އެއްކޮށްފައިވާ ހާއްސަ އައިސްކްރީމްތައް ހިމެނެއެވެ. މީގެ އިތުރުން ކޭކު އާއި ކުކީޒް ތައްޔާރުކުރާ ތަންތަނުން ވެސް މިހާރު މި ރަހަ އަންނަނީ ބޭނުންކުރަމުންނެވެ.
މި ބާވަތުގެ ފޮނިކާތަކެއްޗަށް އޮތް ޝައުގުވެރިކަން އިތުރުވަމުންދާ މިންވަރަށް ބަލާއިރު، ދުބާއީ ޗޮކްލެޓް ކުކީޒް ހޯދުމަށް ސޯޝަލް މީޑިއާގައި ކުރާ ސާޗުތައް މިދިޔަ އަހަރާ އަޅާބަލާއިރު 901 ޕަސަންޓު ވަނީ އިތުރުވެފައެވެ. އަދި ބައެއް މަޝްހޫރު ކޮފީ ފިހާރަތަކުން މިހާރު ފިސްތާ އާއި ޗޮކްލެޓް ބޭނުންކޮށްގެން ހާއްސަ ކޮފީތައް ވެސް އަންނަނީ ތައްޔާރުކުރަމުންނެވެ.
މާހިރުން ލަފާކުރާ ގޮތުގައި މި ފޯރި 2026 ވަނަ އަހަރުގެ ނިޔަލަށް ވެސް ދެމިއޮންނާނެއެވެ. ކުރިން ހަމައެކަނި ދުބާއީއަށް ހާއްސަ އެއްޗެއްގެ ގޮތުގައި އޮތް ނަމަވެސް، މިހާރު މިއީ މުޅި ދުނިޔޭގައި ވެސް ފިސްތާ އާއި ކުނާފާ ބޭނުންކޮށްގެން ތައްޔާރުކުރާ ފޮނިކާތަކެތީގެ އާ ނަމޫނާއެކެވެ. ރާއްޖޭގައި ވެސް މިފަދަ ބާވަތްތަކަށް އޮތް ތަރުހީބު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;