ads
ހުޝީ ކަޕޫރު
އިޓަލީގެ މޫދު ކައިރީގައި ހުޝީ ކަޕޫރު، އެންމެން ހައިރާންކޮށްލައިފި
ބޮލީވުޑްގެ އެކްޓްރެސް ހުޝީ ކަޕޫރު މިދުވަސްވަރު އިޓަލީގައި ހޭދަކުރަމުންދާ ޗުއްޓީގެ ތެރެއިން މޫދު ކައިރީގައި ނަގާފައިވާ ރީތި ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ހިއްސާކޮށް، ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް ހޯދައިފި އެވެ.
Advertisement

އިޓަލީގެ ހިތްގައިމު ސަރަހައްދުތަކުގައި އޭނާ އުފާކުރަމުންދާ މަންޒަރުތައް އިންސްޓަގްރާމްގައި އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފޮޓޯތަކަށް ހުއްޓިފަ އެވެ.

އިޓަލީގެ ރީތި މޫދާއި މަގުތަކުގައި ނަގާފައިވާ މި ފޮޓޯތަކުން ހުޝީ ކަޕޫރު ފެންނަނީ ވަރަށް އުފާވެރި އަދި ހިތްގައިމު މިޒާޖެއްގައެވެ. ހޫނު މޫސުމާ ގުޅޭ ތަފާތު ކުލަތަކުގެ ހެދުންތަކުގައި އޭނާ ފެނިގެންދާއިރު، ނޫކުލައާއި، ހުދުކުލައިގެ އިތުރުން ރީނދޫ އަދި ފިޔާތޮށި ކުލައިގެ ހެދުންތަކުގައި އޭނާ ވަނީ ފޮޓޯތަކަށް މޮޑެލްކޮށްފަ އެވެ. މި ފޮޓޯތަކުން ޔޫރަޕްގެ ހޫނު މޫސުމުގެ މާހައުލު ވަރަށް ފުރިހަމައަށް ދައްކުވައިދެ އެވެ.

އިންސްޓަގްރާމްގައި މި ފޮޓޯތައް އާންމުކުރުމާއެކު، ހުޝީ ކަޕޫރުގެ ސަޕޯޓަރުން ވަނީ އޭނާގެ ރީތިކަމަށާއި ހެދުން އެޅުމުގެ ގޮތަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ ހުޝީ ކަޕޫރުގެ މި ޗުއްޓީގެ މަންޒަރުތަކަކީ މިދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ދައްކަމުންދާ އެއް ވާހަކައަށް ވަނީ ވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;