އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންކަމުން އެ މަސައްކަތް ހިނގާ މުއްދަތުގައި މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މިހާރަށްވުރެ ފުރިހަމައަށް މާލޭ ރަސްފަންނު ސަރަހައްދު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ 2025 އަހަރުގެ ފެބްރުއަރީމަހުގައެވެ. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީއަށެވެ. އަދި އެ މަޝްރީއުގެ އަމަލީ މަސައްކަތް މިދޔަ ސެޕްޓެމްބަރުގައި ފަށާނެކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފއެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރަސްފަންނު ގޮނޑުދޮށް ގިރުމުގެ ދާއިމީ މައްސަލައަށް ހައްލެއް ގެނައުމާއި، ބޭރު ތޮށީގެ ބައެއް ބަދަލުކުރުމާއި، އަދި މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމަކީވެސް އެ ކުންފުނީގެ ޒިންމާއެކެވެ.
އާންމުންނަށް ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކުގެ ތެރޭގައި އާ ފާހާނާ ބަރިއެއް އެޅުމާއި، ފެން މާގަނޑެއް ބެހެއްޓުމުގެ އިތުރުން ލޮކަރު ފަދަ ހިދުމަތްތައް ގާއިމުކުރުން ހިމެނެއެވެ. ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;