ads
ފީއަލީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ
ފީއަލިން ފިހުނު މީހާ މާލެ ގެނެސް ވެންޓިލޭޓަރަށް
ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއް ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.
Advertisement

އިއްޔެ ހިނގި އަލިފާނުގެ ހާދިސަގާއި ފިހުނީ ތެޔޮ ބޯޓުގައި މަސައްކަތް ކުރާ ބަންގުލަދޭޝް ފިރިހެނެކެވެ. އެމީހާގެ އުމުރަކީ 39 އަހަރެވެ. އޭނާގެ ހަށިގަނޑުން 60 އިންސައްތަ ފިހިފައިވާކަމަށް މައުލޫމާތުވަނީ ލިބިފައެވެ. 

އެމީހާއަށް އިއްޔެ ފީއަލީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މާލެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ. އައިޖީއެމްއެޗުން ބުނީ އެމީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގަި ބާއްވައިގެންކަމަށެވެ. 

ފީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވީ އިއްޔެ ހެނދުނު 09:15 ކަންހާއިރުއެވެ. އެ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލެވުނީ 10:35 ވީ ފަހުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

މި ހާދިސާގެ އަލިފާންގަނޑު ފެތުރި ބަނދަރުގައި އޮތް އިތުރު ތިން ދޯންޏެއްގައިވެސް ރޯވެ ވަނީ އަނދާފައެވެ. އަދި އެ ސަރަހައްދުގައި ޕެޓްރޯލް ޝެޑުގައި ރޯވެ ބައެއް ގެއްލުންތަކެއްވެސް ވަނީ ލިބިފައެވެ. 

މި އަލިފާނުގެ ހާދިސާގައި ފީއަލީގައި ހުރި މިފްކޯގެ އައިސް ޕްލާންޓްވެސް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. އެ އައިސް ޕްލާންޓަކީ މިދިޔަ އަހަރު އެރަށުގައި ހުޅުވާ ބޭނުންކުރަން ފެށި އައިސް ޕްލާންޓެކެވެ. 

މިފްކޯއިން ބުނީ އެ އަލިފާނުގެ ހާދިސާގައި ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައި ވާކަމަށެވެ. އެ އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ 15 ވަރަކަށް ފޫޓު ހުންނާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނީ ފީއަލީ އައިސް ޕްލާންޓަކީ 25 ޓަނުގެ އައިސް އުފައްްދާ ޕްލާންޓެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;