ads
އަލަށް އިންތިހާބުވި ކައުންސިލަރުން މޭޔަރު އާދަމް އާޒިމާއި އެކު
އިންތިހާބުތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރަން މާދަމާ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެެޓީގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރާނެެކަމަަށް އިލެެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކައުންސިލް އިންތިހާބުން މާލޭ ސިޓީ ހިމެނޭހެން ހުރިހާ ސިޓީއެއްގެ މޭޔަރުކަމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީއާއި އަންހެނުން ތަރައްްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސްއާ އެ ކޮމެޓީގެ މެޖޯރިޓީތައް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ގިނަ ކައުންސިލްތަކުގެ ރައީސްކަމުގެ މަގާމުވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީއާ އަމިއްލަ ކެންޑިޑޭޓުންނެވެ. 

އިންތިހާބުގައި ވެރިކަން ހިންގާ ޕީއެންސީއަށް 43 އިންސައްތަ ވޯޓް ލިބުނުއިރު އިދިކޮޅު އެމްޑީޕީއަށް ވަނީ 40 އިންސައްތަ ވޯޓް ލިބިފައެވެ. 

ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ސަރުކާރުން ނެގި ވޯޓްގައިވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއެއް ލިބިފައެވެ. ދެ އިންތިހާބު އެއްކުރަން ނުފެންނަކަމަށް 69 އިންސައްތަ މީހުން ވަނީ ވޯޓް ދީފައެވެ. 

އަލަށް ހޮވުނު ކައުންސިލަރުންގެ ހުވާކުރުން އަންނަމަހުގެ 17 ވަނަ ދުވަހު ބާއްވާނެކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;