ads
ގާދިއްފުށި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ
ގާދިއްފުށި ބިން ހިއްކަން ފަށައިފި ، 10 ދުވަހުން ނިންމަނީ
ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި  ޕޯސްޓެއްގައި ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މި މަޝްރޫއުގެ ދަށުން އެރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ މަސައްކަތް 10 ދުވަސްތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ.  މި މަޝްރޫއުގެ އަގަކީ 110.5 މިލިޔަން ރުފިޔާއެވެ.

ގާދިއްފުށޮ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިނަ އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި  704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;