ads
މާފަންނު ދެކުނު ދާއިރާގެ މެމްބަރު މެންބަރު އަބްދުﷲ ރިފާއު
ގައުމަކާއި ދެކޮޅުވުން ، އިގްތިސާދަށް ގެއްލުން ދިނުން ކުށަކަށް ހަދަން މަޖިލިހަށް ބިލެއް
ވަކި ދީނަކަށްވާތީ ނުވަތަ ވަކި ގައުމަކަށްވީތީ ނަފްރަތު އުފައްދައި ގެއްލުންދިނުމާއި ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންވާނެ ކަންކަން ކުރުމަކީ ގާނޫނީ ބޮޑު ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅައިފި އެވެ.
Advertisement

ރާއްޖޭގެ ގާނޫނުލްއުގޫބަތަށް އިސްލާހު ގެންނަން ހުށައެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

މި ބިލުގައިވާ ގޮތުން، އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ފަރުވާލެއްނެތި އެއްވެސް ކަމެއް ގަސްތުގައި ކުރުމަކީ ކުށެކެވެ. އޭގެ ތެރޭގައި މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމަަކަށް ގެއްލުންދިނުމާއި އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ސިސްޓަމަކަށް ހުރަސްއެޅުން ހިމެނެއެވެ. މީގެއިތުރުން އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމުގެ ގޮތުން އެއްވެސް އަމަލެެއް ކުރުމާއި އެ އަމަލެއްގެ ސަަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިގްތިސާދަށް ލިބުން ވަނީ ހިމަނާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް