ads
ލޯކަލް ކައުންސިލް އިންތިހާބުގައި އުމުރުން ދުވަސްވީ މީހަކު ވޯޓްލަނީ
ދެވަނަ ބުރު: ކައުންސިލް 2 ގޮނޑިއާ، ޑަބްލިޔުޑީސީ ތިން ގޮނޑި
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ކޮމިޓީގެ 3 ގޮނޑިއަކަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

އިސީން ބުނީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް ގޮނޑިތަކަކީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެމްބަރުގެ ގޮނޑިކަމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ. 

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އާއި ލ. މާވަށު ކޮމިޓީގެ މެމްބަރުގެ މަޤާމެވެ. 

އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ އިތުރު ބުރުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވާ ދާއިރާތަކުގައި ވޯޓު ނެގުން އޮންނާނީ،  އެޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ  އެޕްރީލް 19 ވާ އާދިއްތަ ދުވަހުކަމަށްވެސް އީސީން ބުނެއެވެ.

އެ ދުވަހު ބާއްވާ އިތުރު ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް އިތުރުވާ ފަރާތްތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާއްމުކޮށްފައެވެ. 

އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ އިތުރު ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ، އެޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުގައި އިތުރު ބުރު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވި ފަރާތްތައް އެކަނިކަމަށް އީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;