ads
ލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިން
ރައީސް މުއިއްޒު އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ
ރައީސް، ޑރ. މުހައްމަދު މުއިއްޒު އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވަން ނިންމާފައިވާ އެ ގައުމުގެ މީޑިޔާ ތަކުން ރިޕޯޓް ކޮށްފި އެވެ.
Advertisement

އެ ހަބަރު ލަންކާގެ ނޫސް ތަކުގައި ރިޕޯޓް ކޮށްފައި ވީ ނަމަވެސް އަދި ރައީސް ލަންކާއަށް ވަޑައިގަންނަވާނެ ދުވަހެއް ސީދާ އަދި އިއުލާނެއް ނުކުރައްވަ އެވެ. 

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ރައީސް ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިހާރު ވެސް ދަނީ މަޝްވަރާތައް ކުރަމުންނެވެ. 

އަދި ހާއްސަގޮތެއްގައި މަސްވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން ދަނީ އިތުރަށް ބަދަހި ކުރަމުންނެވެ.

އަދި ދާދި ފަހުން ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއި އެގައުމުގެ މަސްވެރިކަމާއި ބެހޭ މިނިސްޓަރާއި ދެމެދު ވަނީ ރައީސް ލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ދަތުރުފުޅަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެއްވިފައި ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، ލަންކާގެ އުފެއްދުންތައް މިހާރު ވެސް ރާއްޖެއަށް އެކްސްޕޯޓް ކުރެއެވެ.

ރާއްޖެއާއި ލަންކާއާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;