މަރާމާތަށް ރަސްްފަނުން ވަގުތީ ގޮތުން މިނަހުގެ 9 ވަނަދުވަހުން ފެށިގެން ވަނީ ބަންދުކޮށްފައެވެ.
މިހާރަށްވުރެ ފުރިހަމައަށް މާލޭ ރަސްފަންނު ސަރަހައްދު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ 2025 އަހަރުގެ ފެބްރުއަރީމަހުގައެވެ. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީއަށެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރަސްފަންނު ގޮނޑުދޮށް ގިރުމުގެ ދާއިމީ މައްސަލައަށް ހައްލެއް ގެނައުމާއި، ބޭރު ތޮށީގެ ބައެއް ބަދަލުކުރުމާއި، އަދި މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމަކީވެސް އެ ކުންފުނީގެ ޒިންމާއެކެވެ.
މި މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ ފްނެ ދައުރުކުރުން ރަނަގަޅުކުރުމާއި ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން
ރަސްފަނުންގެ އާންމުންނަށް ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާ އެވެ. އެކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި އާ ފާހާނާ ބަރިއެއް އެޅުމާއި، ފެން މާގަނޑެއް ބެހެއްޓުމުގެ އިތުރުން ލޮކަރު ފަދަ ހިދުމަތްތައް ގާއިމުކުރުން ހިމެނެއެވެ. ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;