ކަނޑުގެ ފިނިހޫނުމިން މަތިވެ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވެގެން ބިން ހިއްކުމާއި ގުޅުން ހުރި ތަރައްގީގެ މަޝްރޫއުތައް 2024ގެ ތެރޭގައިވެސް މެދުކަނޑާލިއެވެ. ސަރުކާރުން އޭރު މަސައްކަތްތައް މެދުކަނޑާލީ އެލާޓް ލެވެލް-1އަށް އެރުމުންނެވެ.
އެމްއާރްއާރް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވެދާނެތީ ސަމާލުވުމަށް 'ނޯއާ ކޮރަލް ރީފް ވޮޗު' އިން މީގެ ދެ ދުވަސް ކުރިން އެލާޓް ނެރެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް 12 ހަފުތާ ތެރޭގައި މި ހާލަތު އިތުރަށް ގޯސްވެދާނެތީ އެލާޓް ލެވެލް-1އަށް ގިންތި ކުރެވިދާނެ ކަމަށް ބުނެފައިވާކަމަށްވެސް އެމްއާރްއާރް ނެރުނު ބަޔާނުގައިވެއެވެ. އެހެންކަމުން ފަރުތައް ސަލާމަތްކުރުމަށް މި ދުވަސްވަރު މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް (އެމްއާރްއާރް ވަނީ ގޮވާލާފައެވެ.
އެ ޖަމިއްޔާއިން އަޅަން އެދުނު ފިޔަވަޅުތައް
މީގެ އިތުރުން ގާ ހުދުވާކަން ފާހަގަވާނަމަ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޕޯޓަލް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމަށްވެސް މޯލްޑިވްސް ރެސިލިއަންޓް ރީފްސް (އެމްއާރްއާރް) އިން ވަނީ ިއލްތިމާސްކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;