އައްޑޫ ސިޓީގެ ހިތަދޫ ދާއިރާގެ ގޮނޑީގައި މިހާތަނަށް އިންނެވި ޕީއެންސީގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމާއި އެކު އެ ގޮނޑިއަށް ޝައުގުވެރިަކން އޮތްކަން އެންމެ ފުރަތަމަ ހާމަކުރެއްވީ ސޯބެއެވެ.
ރައީސް ސާލިހް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯބެއަކީ ޑިމޮކްރަސީ އާއި އިޞްލާޙީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއްކަމަށެވެ. އަދި ސޯބެއަކީ ހިތަދޫއަށް ގިނަ ހިދުމަތްތަކެެއް ކޮށްދެއްވި އައްޑޫގެ އަގުހުރި ދަރިއެއްކަމަށްވެސް ސާލިހް ވިދާޅުވިއެވެ.
ސޯބެ އިތުރުން އިތުރު ދެ ބޭފުޅަކު މިހާރު ވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަނަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އެއީ އަހުމަދު ސައީދު (ނަޔާ) އާއި މުހައްމަދު އަލީ އެވެ. މީގެތެރެއިން އަހްމަދު ސައީދަކީ އެއީ 2013 އަދި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;