ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައި ހުންނެވި އަލީ އާރިފަކީ ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ވެސްމެ އެވެ.
އޭނާ އިސްތިއުފާ ދެއްވީ އަމިއްލައަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެ އެވެ.
އަލީއަކީ ކެލާ ދާއިރާގެ ކުރީގެ މެންބަރެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތަރުޖަމާނުކަން ވެސް އޭނާ އަދާކުރެއްވި އެވެ. އަލީ އެއަށްފަހު ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވި އިރު، ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިން ވެސް މިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;