ads
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
ރިޔާސީ ބަޔަނަކީ އޭގެ ކުރީ އަހަރުތަކުގެ ބަޔާނުގެ ކުލަނެތް ކޮޕީޢެއް: އެމްޑީޕީ
މި އަހަރު ރައްޔިތުން މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށައެޅުއްވި ރިޔާސީ ބަޔާނަކީ އޭގެ ކުރީ ދެ އަހަރުގެ ބަޔާނުގެ ކުލަ ނެތް ކޮޕީއެއްކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
Advertisement

މި އަހަރުގެ ރިޔާސީ ބަޔާން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

މިއަދުގެ މަޖިލީހުގައި މައިނޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ޖަވާބުދާރީވެފައެވެ. އެމްޑީޕީގެ ފަރާތުން ބަޔާނަށް ޖަވާބުދެއްވީ އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް އެވެ. ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ނާޒިލް ވިދާޅުވީ މި ބަޔާނުގައި ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަ ނުވާކަމަށެވެ. އެގޮތުން ގައުމުގެ ހާލަތު ބަޔާންކޮށްދެވިފައި ނުވާކަށާއި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތައްވެސް ބުނެދެވިފައި ނުވާކަމަށެވެ. ނާޒިލް ވިދާޅުވީ މި ބަޔާނަކީ މި ވެރިކަމުގެ ނިމިދިޔަ ދެ އަހަރު ރައީސް މުއިއްޒު ދެއްވި ރިޔާސީ ބަޔާންތަކުގެ ކުލަ ނެތް ކޮޕީއެއްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;