ރައީސްގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މިއަހަރަކީ، ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، އެކަމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ. އަދި ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އެސް ޕޯލް ދެއްކެވި ވާހަކަފުޅުގައި ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ސަރަހައްދުގެ ސަލާމަތާ ގުޅޭ ކަންކަމާ، މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.
ރައީސް ވަނީ އެމެރިކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;