ads
ކުޑަކުދިންގެ ހިޔާ
ފޮސްޓާ ކުދިންނާ ހަވާލުވާ ސަރުކާރު މުވައްޒަފުންނަށް ޗުއްޓީއެއް ދެނީ
ފޮސްޓާ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދޭން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
Advertisement

އެ ކޮމިޝަނުން ވަނީ ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސް އާއްމުކޮށްފައެވެ. 

އެ އިސްލާހުގައިވާ ގޮތުން ކުއްޖާއާ ހަވާލުވި އިރު ކުއްޖާގެ އުމުރުން ހަ މަސްދުވަސް ނުފުރޭ ނަމ،ަ ކުއްޖާގެ އުމުރުން 6 މަސްދުވަސް ހަމަވާ ތާރީހާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ލިބޭނެކަމަށެވެ. އަދި ކުއްޖާއާ ހަވާލުވިއިރު ކުއްޖާގެ އުމުރުން ހަ މަސްދުވަސް ފުރިފައިވާ ނަމަ ނުވަތަ 6 މަސްދުވަސް ފުރެން މަހަކަށްވުރެ ކުރު މުއްދަތެއް އޮތް ނަމ،ަ 30 ދުވަހުގެ ޗުއްޓީއެއ،ް މުސާރައާއި އިނާޔަތްތައް ލިބޭނެކަމަށެވެ.

ފޮސްޓާ ކުރާ އާއިލާތަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ސަރުކާރުން އަންނަނީ ދެމުންނެވެ. 

ޖެންޑާ މިނިސްޓްރީން ބުނީ މިހާރު ފޮސްޓާކުރާ ކުދިންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައިވާކަމަށެވެ. އެގޮތުން މިިދިޔަ ދެ އަހަރުގެ ތެރޭގައި 111 ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;