އާދަމް ޝަރީފު މަގާމުން ވަކިކޮށްފައިވާއިރު މިއަދު ވަނީ އިތުރު ބައެއް ކެބިނެޓް މިނިސްޓަރުންވެސް މަގާމުން ވަކިކޮށްފައެވެ. އޭގެތެރޭގައި ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްވެސް ހިމެނެއެވެ.
ސަރުކާރުގެ ވަޒީރުންތައް މަގާމުން ވަކިކޮށްފައި މިވަނީ މި މަހުގެ 4 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިހާބަށްފަހު ސަރުކާރު ހިއްސަވާ ބައެއް ކުންފުނިތަކުގެ ވަރިންވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެގޮތުން ފެނަކަގެ އެމްޑީއާ މިފްކޯގެ އެމްޑީއާ އެމްޕީއެލްގެ އެެމްޑީގެ އިތުރުން އެގްރޯނެޓްގެ އެމްޑީވެސް ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;