މިސަރުކާރުގެ 20 މިނިސްޓްރީ މަސައްކަތްތަކަށް ބަދަލުގެނެސް މިނިސްޓްރީތަކުގެ އަދަދު 15 އަށްް ތިރިކޮށްފިއެވެ.

Advertisement
މިއަދު 10މިނިސްޓަރަކު ކުއްލިއަކަށް އިސްތިއުފާދެއްވުމުން މިރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަލުން އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލާ ހުވާކޮށްފައެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި 12 މިނިސްޓަރަކު ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ. އޭގެ ތެރޭގައި އަލަށް ކެބިނެޓަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރަކުވެސް ހިމެނިވަޑައިގަންނަވައެވެ.
ކެބިނެޓަށް ގެނައި ބަދަލާއި އެކު މިނިސްޓްރީތަކުގެ އަދަދު މިވަނީ 20 އިން 15 އަަށް މަދުވެފައެވެ. އެއީ މކިރޭ ހުވާކުރެއްވި 12 މިނިސްޓަރުންނާއި ބަންޑާރަ ނައިބު ހިމެނޭހެން ތިއބެވި 13 ބޭފުޅުންނެވެ.
މީގެއިތުރުން ދެން ކެބިނެޓްގައި މިނިސްޓަރަކު އައްޔަން ނުކޮށް ވަނީ ފެންސް މިނިސްޓަރުކަމުގެ މަގާމާއި ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށެވެ. އެނގިފައިވާ ގޮތުގައި ފިޝަރީޒް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީ އެއްކޮށްލައްވަން ވަނީ ނިންމާފައެވެ.
އާ ކެބިނެޓް
- މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް / މޫސާ ޒަމީރު
- މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ / އަލީ އިހްސާން
- މިނިސްޓާ އޮފް ފޮރިން އެފެއާޒް / ޑރ. އިރުތިޝާމް އާދަމް\
- މިނިސްޓާ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވޮލޮޕްމެންޓް / ޑރ. އިސްމާއީލް ޝަފީއު
- މިނިސްޓާ އޮފް ހެލްތް ފެމިލީ އެންޑް ވެލްފެއާ / ޤީލާ އަލީ
- މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް / މުޙައްމަދު ސަޢީދު
- މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑަވަމަންޓްސް / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- މިނިސްޓާ އޮފް ޓުރިޒަމް އެންޑް ސިވިލް އެވިއޭޝަން / މުހައްމަދު އަމީން
- މިނިސްޓާ އޮފް ޔޫތް އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް / އަބްދުﷲ ރާފިއު
- މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް / ހީނާ ވަލީދު
- މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް / ޑރ އަބްދުﷲ މުއްތަލިބް
- މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ / އަލީ ޝަރީފް
- ބަންޑާރަ ނައިބު / އަހްމަދު އުޝާމް