މިކަމުގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އާއިޝަތު މުޒްނާއެވެ.
ދައުލަތުގެ ބަޖެޓުން ޖުމްލަ 3,822,120 (ތިން މިލިއަން އަށްލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި) ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު މަސައްކަތް އެއްމަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މި އެއްބަސްވުމުގެ ދަށުން ފީވަކުގެ ނަރުދަމާ ވިއުގައަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެ ނިޒާމު އާބާތުރަ ފިލުވައި މަރާމާތު ކުރަންޖެހޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.
މި މަޝްރޫއުކީ ފީވަކުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެ ރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ނަރުދަމާގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫއެއްކަމަށް އެނަވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ.