ads
ސުޕްރީމް ކޯޓު
ގޮނޑިގެއްލޭ މައްސަލަ ހުކުމާ ހިސާބަށް
ސުޕްރީމް ކޯޓުގައި ކުރިއަށްދާ، މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުގެ ގޮނޑި ހުސްވާ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
Advertisement

މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. 

އެ މައްސަލާގެ ތެރެއަށް އެމްޑީޕީން ވެސް ވަނީ ތަދައްޚުލްވެފަ އެވެ. އަހަރެއް ފަހުން އެ މައްސަލައިގެ އަޑު އެހުން މިއަދު އަލުން ފެށި، ދެ ދަންފަޅިއަކަށް ކުރިއަށް ގެންދިޔަ ދިގު އަޑު އެހުންތަކަށްފަހު މައްސަލައިގައި ދެން އޮންނާނީ ހުކުމެވެ.

ސުޕްރީމް ކޯޓުގައި އަލީ ހުސައިންގެ ވަކީލުންނާއި އެމްޑީޕީގެ ވަކީލުން ވެސް ބުނީ އެ އިސްލާހަކީ ގާނޫނު އަސާސީގެ މައިގަނޑު އަސާސްތަކާ ހިލާފަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުން ވަކާލާތުކުރީ ގާނޫނު އަސާސީއަށް މަޖިލީހުން ގެންނަ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެވެ. އެއީ ގާނޫނު އަސާސީން އެ ބާރު ކޯޓުތަކަށް ނުލިބޭ ކަމަށް ބުނެ އެވެ.

އެ މައްސަލަ ނިމެންދެން، ޕާޓީން ވަކިކޮށްގެން ނުވަތަ ވަކިވެގެން މެމްބަރެއްގެ ގޮނޑި ނުގެއްލޭ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށާއި އަދި އެ މައްސަލަ ނިމެންދެން ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކާ މެދު ފިޔަވަޅު ނޭޅުމުގެ ވަގުތީ އަމުރަކަށް އަލީ ހުސައިންގެ ފަރާތުން އެދިފައިވެ އެވެ.

އެކަމަކު އެ ދެ އަމުރު ނެރެދޭން ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ދުސްތޫރީ މައްސަލައެއްގައި ވަގުތު ނެރެދިނުމާ ބެހޭގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، އެ ދެ އަމުރު ނެރެންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. މި މައްސަލަ ބަލަނީ ފުލް ބެންޗުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;