ads
މިނިސްޓަރު މުއްތަލިބް
ގިރާވަރުފަޅު އަންނަމަހުގެ ނިޔަލަށް ހިއްކާ ރެޖިސްޓްރީ ދޭނަން: މުއްތަލިބް
ގިރާވަރުފަޅު އަންނަމަހުގެ ނިޔަލަށް ހިއްކާ ރެޖިސްޓްރީ ދޫކުރަން ފަށާނެކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅުން 169 ހެކްޓަރު ހިއްކަން ނިންމާފައި އޮތްނަމަވެސް މިދިޔަ ސަރުކާރުގެ ވެރިކަން ނިންމި 2023 ގެ ޑިސެމްބަރުގެ ނިޔަލަށް ހިއްކުނީ 54 ހެކްޓަރުގެ ބިންކަމަށެވެ. 

އޭގެ ފަހުން އެ މަސައްކަތް ކުރި ކުންފުނި ބަދަލުކޮށް މިހާރު އެ މަސައްކަތް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށް އެ ކުންފުނިން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިއަހަރުގެ ޖެނުއަރީ 31 ގައި ފަށާފައިވާކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. އަދި މިމަހުގެ 9 ވަނަދުވަހުގެ ނިޔަލަށް 44 ހަތަރު ހެކްޓާރު ހިއްކާ މިހާރު ޖުމްލަ 97 ހެކްޓަރު ބިން ގިރާވަރު ފަޅުން ހިއްކާ ނިންމާފައިވާކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ. މިއަހަރުގެ މޭ މަހުގެ 31 އަށް ގިރާވަރުފަޅު ހިއްކާ ނިންމާ ރެޖިސްޓްރީދޫކޮށް ބިން ހަވާލުކުރަން ފަށާނެކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.  

"އަޅުގަނޑުމެން އަލުން އާ ލޭންޑް ޔޫސް ޕްލޭން ޕަބްލިޝްކޮށް އެފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާއި ހުރިހާކަމެއްވެސް ނިމިފައިވަނީ. ބިން ހިއްކާ ނިމުނީމާ އެފަރާތަކަށް ރެޖިސްޓްރީ ހަދަައިދީ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިަށް ގެންދާނަން. ގިރާވަރުވެސް މޭ 31 ގައި ބިން ހިއްކާ ނިމުމާއި އެކު ސާވޭކޮށްފައި ރެޖިސްޓްރީ ހެދުމާއި ރެޖިސްޓްރީ ހެދުމާއި ގޯތި ހަވާލުކުރުމާއި މި މަސައްކަތް އެއްކޮށް ކުރިޔަށް ގެންދެވޭނެ، " މުއްތަލިބް ވިދާޅުވިއެވެ.

your imageގިރާވަރުފަޅުން ހިއްކާފައިވާ ސަރަހައްދު

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ގިރާވަރުން 5000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ތިލަފުށި ޕޯޓް އެ ސަރަހައްދަށް ބަދަލުވާތީ އެތަނުން 1115 ގޯތި ގުޅިފަޅަށް ބަދަލުކޮށް އެމީހުންނާއިވެސް މިހާރު ރެޖިސްޓްރީ ހަވާލުކޮށް ނިންމާފއިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;