ނިޔާވެފައި ވަނީ އެ ސިޓީގެ ބަޑިފަސްގަނޑުގޭ އުމުރުން 59 އަހަރުގެ ސުލައިމާން ހުސައިން އެވެ.
ފުލުހުން ބުނީ އޭނަ މޫދަށް ދިޔަ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައި ކުޅުދުއްފުށީ ވަނީ މިއަދު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށެވެ. އެއީ މެންދުރު ފަހު 3:00 އެހާކަށް އިރު އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. ސުލައިމާން ހުސައިން ނިޔާވި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;