މިމަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންްސިލް އިންތިހާބަށްފަހު ލީކުވި މަޖިލިސް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާގެ ރަޝީދުގެ އޯޑިއޯއަކާއި ގުޅިގެން އަސްމާގެ ދަރިކަލުން މުހައްމަދު ހުސެއިން ޝަރީފްް (މޮންދު) މަގާމުން ވަކިކުރީ މިމަހުގެ 6 ވަނަ ދުވަހުއެވެ. މޮންދު ހުންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމުގައެވެ.
މީގެ ކުރިން މުހައްމަދު ހުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ. މީގެ އިތުރުން މުހައްމަދު ހުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވާންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަޤާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;