ads
ބޭރުމަގުގައި ބޮޑު ޕާކިން ޒޯނެއް
ބޭރުމަގުގައި ބޮޑު ޕާކިން ޒޯނެއް
ބޮޑުތަކުރުފާނު މަގު، ނަސަންދުރާއިން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް ތަރައްގީ ކުރަމުންދާއިރު، އެ މަގުގައި ބޮޑު ޕާކިން ޒޯނެއް ހަދަން ނިންމައިފިއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތް ނަސަންދުރާ ކައިރިން ފަށާފައިވާއިރު، އެ މަގުގެ ޑިޒައިނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ މަގު ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ ތަރައްގީކުރާއިރު، އެންމެ ބޮޑު އެއް ބަދަލަކަށް ވެގެންދާނީ މަގު އިތުރަށް ފުޅާކުރާ ކުރުމާއި، ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފީސް ސަރަހައްދުގައި ހަދާ ބޮޑު ޕާކިން ޒޯނެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އެތަނުގައި ތަރައްގީކުރަން ހަމަޖެހިފައިވަނީ 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެކެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ހިއްކުމަށް ހަމަޖެހިފައިވަނީ، ގާތްގަނޑަކަށް 98 މީޓަރު ދިގު 28 މީޓަރު ފުޅާ ސަރަހައްދެކެވެ. އެތަނަކީ،  ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފީސް ސަރަހައްދެވެ. މިހާރުވެސް އެތަނުގައި ކުޑަ ޕާކިން ޒޯނެއް އޮވެއެވެ. 

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަކީ، ސަރުކާރުގެ އަމާޒެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;