މި ހިދުމަތް ފޯރުކޮށްދޭ ކުންފުނި-- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ ރޭ އިފްތިތާހު ކުރެވުނު މާލެ ޓެކްސީ ލައިންގެ ހިދުމަތަށް މިއަދުން ފެށިގެން އަގު ނަގަން ނިންމާފައި ވާކަމަށެވެ.
އެމްޓީސީސީގެ ވެބް އެޕް މެދުވެރިކޮށް އަދި 1655 ހޮޓްލައިނަށް ގުޅައިގެން ދަތުރުތައް ބުކްކޮށް ދަތުރަށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށީ މި މަހުގެ 2 ގަ އެވެ. އެ ހިދުމަތަށް ބޭނުން ކުރަނީ އިލެކްޓްރިކް ވެހިކަލް (އީވީ) އެވެ. ޓެކްސީ ލައިންވެ ހިދުމަތަށް އަގު ނަގަން ފެށުމުގެ ކުރިން ހިދުމަތް ތައާރަފުކުރި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ހިލޭ ދަތުރު ކުރުމުގެ ފުރުސަތު އާންމުންނަށް އޮތީ ހުޅުވާލައިފަ އެވެ.
ޓެކްސީ ލައިނުގައި ތަފާތު ތިން ސައިޒެއްގެ ކާރު ހިމެނޭނެ އެވެ. އޭގެތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކުދި ސައިޒުގެ ކާރުތައް ވެސް ހިމެނެ އެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި އައްޑޫގައި ވެސް ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;