އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯއަކީ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ދާއިރާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭ ފަރާތްތައް އެއްފުރާޅެއްގެ ދަށުން ބައްދަލުވާ މުހިންމު ޕްލެޓްފޯމެކެވެ.
ބިލްޑް އެކްސްޕޯ 2026 ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ. މި އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް އެލިއާގެ ސްޓޯލުން އާ އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އިމާރާތް ކުރުމުގެ ދާއިރާގައި ހުރި އެންމެ ފަހުގެ ވަސީލަތްތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ.
މި އެކްސްޕޯގައި އެލިއާގެ ފަރާތުން އެންމެ ހާއްސަ ސަމާލުކަމެއް ދީފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޓޯޓަލް ޓޫލްސް" އަށެވެ. ރާއްޖޭގައި ޓޯޓަލް ޓޫލްސްގެ އޮތޮރައިޒްޑް ޑީލަރުގެ ގޮތުގައި އެލިއާ ހަރަކާތްތެރިވާން ފެށި ފަހުން، އެ ބްރޭންޑުގެ އުފެއްދުންތަކަކީ އަގުހެޔޮ، އިތުބާރުހުރި އަދި ދިގު މުއްދަތަކަށް ބޭނުންކުރެވޭ ފެންވަރު ރަނގަޅު ސާމާނުތަކެއްގެ ގޮތުގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ވަނީ ހޯދާފަ އެވެ.
ފެންވަރު ރަނގަޅު މެޝިނަރީ އާއި ކަރަންޓު ސާމާނާއި އިމާރާތްކުރުމަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތައް ފޯރުކޮށްދިނުމުގައި އެލިއާ އިން އަބަދުވެސް އިސްކަންދެނީ ކަސްޓަމަރުންގެ ހިތްހަމަޖެހުމަށާއި ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ބާޒާރުގައި 60 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ދެމުން އަންނަ އެލިއާއަކީ ލަކުޑި އާއި ހާޑްވެއާގެ ކުޑަ ވިޔަފާރިއަކުން ފެށި ކުންފުންޏެކެވެ. އެ ކުންފުނި އަންނަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;