ads
ސުހާ
މީދޫ ކައުންސިލު އިންތިހާބުން ބަލިވި ސުހާ ކޯޓަށް
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުން ބަލިވި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް، އިންތިހާބުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ދާއިރާގެ ރައީސް ހޮވުމަށް ނެގުނު ވޯޓު، އެއް ވޯޓުގެ ތަފާތުން ކާމިޔާބު ކުރީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓު މުޙައްމަދު ޝާހިދު އެވެ. އިންތިހާބުން ނާކާމިޔާބުވީ، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އެވެ.

މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް ލިބުނީ، 391 ވޯޓެވެ. ޝާހިދުއަށް 392 ވޯޓު ލިބުނު އިރު، އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް، 100 ވޯޓު ހޯދިއެވެ. މީދޫ ވޯޓުގައި މައްސަލަ ޖެހުނީ، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަމަށް ބުނެއެވެ. އެ މައްސަލަ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުމުން، މައްސަލަ ބެލި ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ އެ ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ.

އެ ޕާޓީން ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، ލ. ފޮނަދޫ 3 ނަންބަރު ވޯޓު ފޮއްޓަށް, ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ރަޖިސްޓަރީކޮށްފައިވަނީ އެންމެ ހަތަރު މީހުން ކަމަށެވެ. އޭގެ ތެރެއިން އެކަކު ވޯޓުލާން ފޮނަދުއަށް ނުދާއިރުވެސް، އެ ފޮއްޓަށް ހަތަރު މީހުން ވޯޓުލާފައިވާކަމަށް ރަސްމީ ނަތީޖާއިން ދައްކާކަމަށް އެމްޑީއޭއިން ފާހަގަކުރިއެވެ.

މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް، އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމިކަމެއް އެނގިފައެއް ނުވެއެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;