މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކަށް މެމްބަރުން ހޮވަން ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ބޭއްވިއިރު، އޭގެ ތެރެއިން ތިން ދާއިރާ ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފި އެވެ.

Advertisement
ދެވަނަ ބުރު ބޭއްވި ދާއިރާތައް:
- ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި - އެ ދާއިރާއަށް ވާދަކުރާނީ ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު މުނާ އާއި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ރަފާހް.(ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ރަފާހް )
- ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރު (އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި) - އެ އިންތިހާބުގައި ވާދަކުރާނީ ޕީއެންސީގެ އާއިޝަތު އަބްދުލްގާދިރާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓު ޝީޒާ އިބްރާހީމް. (ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން އިންތިހާބުވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ޝީޒާ އިބްރާހިމް)
- ހއ. ކެލާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް ވާދަކުރާނީ އެމްޑީޕީގެ މަހުދިއްޔާ އާދަމާއި ޕީއެންސީގެ ހައްވާ ފަޒުނާ. (ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން އިންތިހާބުވީ ޕީއެންސީން ވާދަކުރި ކެންޑިޑޭޓު ހައްވާ ފަޒުނާ.)
- ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ރިއުޒާ އާއި އަމިއްލަ ގޮތުން ވާދަކުރާ ފާތިމަތު ނިޝާދާ. (ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން އިންތިހާބުވީ ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ރިއުޒާ)
- ލ. މާވަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު - އެ ދާއިރާއިން ވާދަކުރާނީ ޕީއެންސީގެ ފާތިމަތު ޝާފިޔާ އާއި އެމްޑީޕީގެ މަރްޔަމް މާއިޝާ. (ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން އިންތިހާބުވީ ޕީއެންސީގެ ފާތިމަތު ޝާފިއާ)
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އާއި ގިނަ ރަށު ކައުންސިލްތަކުގެ މެޖޯރިޓީ އަދި ރައީސްކަން ލިބުނީ ވެސް އިދިކޮޅު އެމްޑީޕީއަށެވެ.
ލިބުނު ނާކާމިޔާބީއާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިންގަމުން އައި 20 މިނިސްޓްރީ، 15 އަށް މަދުކުރައްވައި، ހަތަރު އާ ބޭފުޅުން ވަޒީރުކަމަށް އައްޔަނުކުރައްވައިފަ އެވެ. ކެބިނެޓގެ 10 ބޭފުޅަކު މިދިޔަ ހަފުތަގައި އިސްތިއުފާ ވެސް ދެއްވި އެވެ.