ads
މިއަދުގެ ވޯޓްގެ ނަތީޖާ ގުނުމުގެ މަސައްކަތް ކުރަނީ
ރަށު ކައުންސިލްގެ ރައީސްގެ 73 ގޮނޑި އެމްޑީޕީއަށްް، ޕީއެންސީއަށް 75 ގޮނޑި
މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި އެންްމެ ގިނަ ގޮނޑި ލިބުނީ ވެރިކަންކުރާ ޕީއެންސީއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

ކައުންްސިލްް އިންްތިހާބުގައި ޕާޓީތަކަށް ލިބުނު ގޮނޑިތަކުގެ ތަފްސީލް އިލްކެޝަންސް ކޮމިޝަނުން މިއަދު ވަނީ އާއްމުކޮށްފައެވެ. 

އީސީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ސީޓީ ކައުންސިލްތަކުގެ އެންމެ ގިނަ ގޮނޑި ލިބުނީ އިދިކޮޅު އެމްޑީޕީއަށެވެ. އެގޮތުން އެ ޕާޓީއަށް ފަސް ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގެ އިތުރުން ސީޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 41 ގޮނޑި ވަނީ އެމްޑީޕީއަށްް ލިބިފައެވެ. ވެރިކަންކުރާ ޕީއެންސީއަށް ސިޓީ ކައުންސިލްތަކުން ލިބުނީ 5 ގޮނޑިއެވެ. އަދި އަމިއްލައަށް ވާދަކުރި ކެނޑިޑޭޓަކުވެސް ވަނީ ސިޓީ ކައުންސިލްތަކުން ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. 

ކައުންސިލް އިންްތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑިތައް ބެހުނުގޮތް

  • ވެރިކަން ކުރާ ޕީއެންސީއަށްް 584 ގޮނޑި 
  • އިދިކޮޅު އެމްޑީޕީއަށްް 563 ގޮނޑި 
  • އަމިއްލަ ގޮތުން ވާދަކުރި ފަރާތްތަކަށް 169 ގޮނޑި 
  • އެމްޑީއޭއަށް 23 ގޮނޑި 
  • އަދާލަތު ޕާޓީއަށްް 6 ގޮނޑި 
  • ޖުމްހޫރީ ޕާޓިއަށް 4 ގޮނޑި
  • ޑިމޮކްރެޓްސްއަށް 2 ގޮނޑި

ކައުންސިލް އިންތިހާބަށްް މައި ދެ ޕާޓިން ނެރުނު ކެނޑިޑޭޓުންގެ އަދަދު 

  • ޕީއެންސީ 665 ކެންޑިޑޭޓުން
  • އެމްޑީޕީ 495 ކެންޑިޑޭޓުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މައި ދެ ޕާޓީން ނެރުނު ކެންޑިޑޭޓުންގެ އަދަދު 

  • ޕީއެންސީ 658 ކެންޑިޑޭޓުން
  • އެމްޑީޕީ 417 ކެންޑިޑޭޓުން

މި އަދަދުތަކަށް ބަލާއިރު ޕީއެންސީ ދެ އިންތިހާބަށް ނެރުނު 1323 ކެންޑިޑޭޓުން ވާދަކުރިއިރު 739 ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. އިދިކޮޅު އެމްޑީޕީިންް ދެ އިންްތިހާބަށް 912 ކެންޑިޑޭޓުން ވާދަކުރިއިރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ 349 ކެންޑިޑޭޓުންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;