މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަންތަރު މުއްލާ ކިޔާ 28 އަހަރުގެ ޒުވާނެކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ރޭ ދަންވަރު ތޫނު އެއްޗަކުން ކަރަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. މި މީހާއަށް ހަމަލާދީފައިވަނީ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ހޮޓަލެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާ ރޭ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;