މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި މިހާރުވެސް ދަނީ ވައި ގަދަވަމުންނެވެ. އަދި ރާއްޖޭގެ އިރުއުތުރުން އުފެދިފައިވާ 'ލޯޕްރެޝާ ޓްރަފް'ގެ ސަބަބުން އެ ސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ އުފެދެމުންދާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ
އެ ސަބަބުތަކާއި ހެދި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން ކުރިޔަށް އޮތް 5 ދުވަހު ހާއްސަކޮށް ދެކުނާއި މެދުރާއްޖެ ތެރެ ހިމެނޭ ސަރަހައްދުގައި ވައި ގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;